ޚަބަރު

މާލޭގައި ދަނގަޑު ފުރޮޅުލީ އުޅަނދު ދުއްވުން މަނާކޮށްފި


މާލޭގެ މަގުތަކުގައި އެކްސްކަވޭޓަރ ފަދަ ދަގަނޑު ފުރޮޅު ނުވަތަ ދަގަނޑު ޗޭނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކުރައްވައިފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ވިދާޅުވީ މާލޭގެ މަގުތަކުގައި އެކްސްކަވޭޓަރު ފަދަ ދަގަނޑު ފުރޮޅު ނުވަތަ ދަގަނޑު ޗޭނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާ ކަމަށެވެ. އެހެން ކަމުން އެފަދަ އުޅަނދުތައް މާލޭ މަގުތަކުގައި ދުއްވަންވާނީ ރަބަރު ފުރޮޅު ނުވަތަ ރަބަރު ޝޫ ހަރުކޮށްގެންކަމަށްވެސް އެތޯރިޓީން ހާމަކުރެއެވެ.