ޚަބަރު

ރާއްޖެއާއި 912 ކިލޯމީޓަރު ދުރަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ


  • ބިންހެލުން އައިސްފައިވަނީ ކާލްސްބަރގް ރިޖަށް

  • މިއީ 4.7 މެގްނިޓިއުޑްގެ ބިންހެލުމެއް

ދިވެހިރާއްޖޭގެ ދެކުނުން 912 ކިލޯމީޓަރު ދުރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބިންހެލުން އައިސްފައިވަނީ ކާލްސްބަރގް ރިޖަށް ކަމަށެވެ. މިއީ 4.7 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.