ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސަރވިސް އެވޯޑު ދީފާއިވާއިރު، މި އެވޯޑް ހަވާލުކުރުމަށް ރޭ ބޭއްވުނު ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ 29 މުވައްޒަފުންނަށް އެވޯޑު ހަވާލުކުރެވުނެވެ.
- އަމްޝޫދާ ނަޢީމް ، ސްވިފްޓް ސަރވިސް މެނޭޖަރ
- އައިމިނަތު ނަސީމް، ކަސްޓަމަރ ސަރވިސް މެނޭޖަރ
- އާއިޝަތު ޝާދުނާ، މެނޭޖަރ، ޗެކް ޕްރޮސެސިންގ
- ފާޠިމަތު ޙުސައިން ، ކަސްޓަމަރ ސަރވިސް އޮފިސަރ
- ފާޠިމަތު މުޙައްމަދު ، މެނޭޖަރ، އެޖެންޓް ބޭންކިންގ
- މަރިޔަމް ޙަމީދު ، ޗީފް ކޮމްޕަލަޔަންސް އޮފިސަރ
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ވަފާތެރިކަމާއެކު އެ ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
"ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ތިޔަ މުވައްޒަފުން މަސައްކަތަށް ދެއްވާ އަހުމިއްޔަތުކަމަށާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުންނެވިކަމަށްޓަކައި އެކަމުގެ އަގު ވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އަދި ފާއިތުވި 35 އަހަރުގެ ދިގު މުއްދަތަކަށް ހީވާގި ކަމާއެކު މަސައްކަތް ކޮށްދެއްވިކަމަށްޓަކައި އަމްޝޫދާ، އާމިނަތު އަދި ޝާދުނާއަށް ހާއްސަ ޝުކުރެއް ދަންނަވަން." ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު، އަދި ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ބޭންކެވެ.
އެގޮތުން އެބޭންކުގައި މިވަގުތު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ %99 އަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދިވެހީންނެވެ. ބޭންކުގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުޞަތާއި މަސައްކަތަށް ބޭނުންވާ ތަމްރީނުދިނުމާއި އިންސާނީ ހުނަރު ތަރައްޤީކުރުމާއި ވަޒީފާގެ ކުރިއެރުންތައް ފޯރުކޮށްދެވެއެވެ.
ބޭންކުގައި ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑު އަދި ލޯންގް ސަރވިސް އެވޯޑު ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.