ޚަބަރު

ޖުލައި މަހު ބޭންކުތަކުން ދޫކުރި ލޯނުގެ ޢަދަދު އިތުރު


  • ލޯނުދޫކުރި ޢަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ޢިމާރަތްކުރުމުގެ ދާއިރާއިން

މިދިޔަ ޖުލައިމަހު ބޭންކުތަކުން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ޢަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޮގަސްޓުމަހު އެމްއެމްއޭއިން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓް ދައްކާގޮތުން މިދިޔަ ޖުލައިމަހު ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޢަދަދު ހުރީ %12ގައެވެ. މިދިޔަ ޖޫންމަހު މި އަދަދު ހުރީ %11ގައެވެ.

ރިޕޯޓުގައިވާގޮތުން މައިގަނޑު ހުރިހާ ދާއިރާއަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ޢަދަދު ޖުލައިމަހުވަނީ އިތުރުވެފައެވެ.

ލޯނު ދޫކުރި ޢަދަދު އިތުރުވެފައިވާ ދާއިރާތައް

- ފަތުރުވެރިކަން
- ޢިމާރަތްކުރުން
- އަމިއްލަ ފަރާތްތަކަށް
- ރިއަލް އެސްޓޭޓުގެ ދާއިރާ

އިކޮނޮމިކް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން ޖުލައި މަހު ލޯނުދޫކޮށްފައިވާ ޢަދަދު ދަށަށް ގޮސްފައިވަނީ ވިޔަފާރީގެ ދާއިރާއިން އެކަންޏެވެ.

ލޯނުދޫކުރި ޢަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ އިމާރަތްކުރުމުގެ ދާއިރާއިންނެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %25ގެ ކުރިއެރުމެއްވަނީ ލިބިފައެވެ.

ބޭންކުތަކުން އެންމެ ގިނަ ޢަދަދަކަށް ލޯނު ދޫކުރަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހު ފަތުރުވެރިކަމަށް ދޫކޮށްފައިވާ ލޯނުގެ ޢަދަދުވަނީ މިދިޔަ އަހަރުގެ ޖުލައިމަހާއ އަޅާ ބަލާއިރު %8 އިތުރުވެފައެވެ.

ޢިމާރަތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުތަކުގެ ޢަދަދު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ގިނަ ޢަދަދެއްގެ ޢިމާރަތްކުރުމުގެ ޕްރޮޖެކްޓުތަކާއި ގެދޮރު އިމާރަތްކުރުމުގެ މަޝްރޫޢުތައް މިއަހަރުތެރޭގައި ފަށާފައިވުމެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޢަދަދު އިތުރުވުމުގެ މައިގަނޑު ސަަބަބަކީ ރިސޯޓުތަކުގެ ރިނޮވޭޝަންގެ މަސައްކަތްތަކަށް ދޫކުރި ލޯނުގެ ޢަދަދު އިތުރުވުމާއި، އައު ރިސޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ދޫކުރި ލޯނު އިތުރުވުމެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ޢަދަދު އިތުރުވެފައިވާ އިރު، މިކަމުންވެސް ހާމަވެގެންދަނީ ވިޔަފާރިތައް ފުޅާވެ، ކުރިއަރައިގެން ދިޔުމުގެ މަގު ތަނަވަސްވެފައިވާކަމެވެ.