ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެކުވެރި ޢަރަބި ޢިމާރާތަށް ވަޑައިގަންނަވައިފިއެވެ.
މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީއަށް ވަޒީރު ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބާއި، ޚާރިޖީ ވަޒީރު، ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫއޭއީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި ޢިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ހުރި ފުރުސަތުތަކާގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
Arrived in Abu Dhabi, UAE on an Official Visit.
— Moosa Zameer (@MoosaZameer) September 3, 2024
This visit underscores the firm commitment of the Government of Maldives to further strengthen bilateral relations between the Maldives and the UAE and to explore new avenues for collaboration.
Looking forward to engaging in…
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރާއި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.