ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރި އައުމަށް އެދޭ ފަރާތްތަކަށް، އުމުރުން 75 އަހަރުވުމާއި ހަމައަށް ވަޒީފާގައި ބޭތިއްބުމާއި، އަލުން ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ޤާނޫނެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދައުލަތުގެ އެކި އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިިން ވިދާޅުވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުތެރޭގައި، އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރެވޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ ފަރާތްތަކަށް ވަޒީފާ ދިނުން ހިމެނޭކަމަށެވެ. އެހެންކަމުން ވަޒީފާއި ވަޒީފާއަށް އެނބުރި އައުމަށް ބޭނުންވާ މީހުންނާއި، ވަޒީފާގައި ދެމިތިބެ އެމީހުންގެ ޢުމުރުން 75 އަހަރުވުމާއި ހަމައަށް ވަޒީފާގައި ބޭތިއްބުމާއި، އަލުން ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ޤާނޫނެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދައުލަތުގެ އެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ފަށާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން، ދައުލަތުގެ އެކި އިދާރާތަކާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކާއި، މިނިވަން މުއައްސަސާތައް ހިމެނޭހެން މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެކަމަށް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިިން ވިދާޅުވެއެވެ.
ޮދައުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރެވިފައިވާ ފަރާތްތަކާއި އުމުރުން 65 އަހަރުވުމުން ވަޒީފާގައި ދެމި ތިބުމަށް އެދޭ ފަރާތްތަކަށް، ޢުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ދެމިތިބުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ ހުރިހާ މުވައްސަސާތައް ހިމެނޭހެން… pic.twitter.com/Ev6CMCjwuz
— Min. of Higher Edu, Labour and Skills Development (@MoHEmv) August 25, 2024
މި ބައްދަލުވުންތަކުގެ މަޤްސަދަކީ، އެ އިދާރާތަކުގައި ވަޒީފާއިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭގޮތުން އެ އިދާރާތަކުން އަމަލުކުރަމުންގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މަޢުލޫމާތު ހޯދައި، މިހާރު ވުޒާރާއިން ޑްރާފް ކުރެވިފައިވާ ބިލުގެ ފުރަތަމަ ޑްރާފްޓަށް އެ އިދާރާތަކުގެ ހިޔާލު ހޯދުމެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމދު މުއިއްޒުގެ އެދިވަޑައިގެންފައިވާގޮތަށް، އޮތް މަސްދުވަހެއްގެ ތެރޭގައި މި ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ޚިދުމަތުން ދުރަށް ދާންޖެހިފައިވާ ޚިދުމަތްތެރިނާއި ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުސޫލު އެކުލަވާލާ އެ ފުރުޞަތު ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުގެ ބޭނުމަކީ ފަންނީ ދާއިރާތަކަށް މީހުން ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމާއި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހުރި ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިކަމުގެ އުސޫލު އާއްމުކޮށް ސިވިލް ސަރވިސް ކޮމިޝަނުން މިހާރު ވަނީ މި ފުރުޞަތަށް ހުޅުވާލާފައެވެ.