މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ ބޯޑުގެ މެންބަރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ. ،
އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނީގެ ބޯޑު މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ އަބްދުލް ސަމީއު އިމާދުއާއި އައިޝަތު ހަމީދުކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޯޑަށް ދެ މެމްބަރުން އައްޔަންކޮށްފައިވާއިރު އެ ބޯޑުގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާޙާއި ބޯޑު މެމްބަރުކަމުގައި ހުންނެވި މުހައްމަދު ރާފިލް ވަނީ މިދިޔަ މޭމަހު އިސްތިއުފާ ދެއްވާފައެވެ. މީގެއިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު ތައުފީޤްވެސް ވަނީ މަޤާމުން ވަކި ކުރައްވާފައެވެ. އަދި އޭނާގެ ބަދަލުގައި އިބްރާހިމް ޝިއުރީ ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައެވެ.