ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް 4 މަހު އާންމުކޮށް ވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަހަރުގެ ޖޫން ޖުލައި އޮގަސްޓު އަދި ސެޕްޓެމްބަރު މަހު އުތުރަށާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮން ވާރޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
Seasonal rainfall for JJAS 2024 is likely to be above normal over the central and northern part of the country & below normal rainfall over the south. Maximum and Minimum temperatures are likely to be above normal across the country.https://t.co/ujKm86dpOm pic.twitter.com/ThjP2SX4wD
— Maldives Meteorology (@MetMaldives) May 6, 2024
މިދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އަދި އެންމެ ދަށަށް ދާނެ މިންވަރުވެސް އާންމު މިންވަރަށްވުރެ މަތިވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ނަމަވެސް ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެއެވެ. އެގޮތުން އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެހެންނަމަވެސް ވައިގެ ބާރުމިން އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް ދަތުރު ކުރުމުގައި ސަމާލުވުމަކީ މުހިންމުކަމެއްކަން މެޓް އޮފީހުންވެސް ފާހަގަކުރައްވައެވެ.