މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޮޑުތަކުރުފާން މަގުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ސްޓެލްކޯ ކައިރީގައި އޮތް އެމްޓީސީސީ ބަހެއްގައި ޖެހިގެންކަމަށެވެ. މިރޭ 8:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާތަކެއް ލިބުމާއި ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ތަހުގީގުކުރަމުންދާކަމަށެވެ.