ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިނުމާ ގުޅިގެން ފަރުވާ ދޭން ފަށައިފިއެވެ. ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިގޮތުގައި ޝަމީމަށް ހަމަލާ ދީފައިވަނީ މިއަދު ހެނދުނު މާލޭ މަގުމަތިންނެވެ. މިހާތަނަށް ބެލި ބެލުމުން ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫންކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ޝަމީމްގެ އަތަށެވެ. ޕީޖީ ޝަމީމުގެ ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.