އަންނަ ފެބުރުއަރީ މަހުގެ އެކެއްވާ އަންގާރަ ދުވަހު ވެމްކޯއިން ކުނިނަގާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯގެ އަހަރީ ދުވަހާ ގުޅިގެން ފެބުރުއަރީ އެއްވަނަ ދުވަހު ކުނިނަގާ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި އެކަނިއެވެ.
އެގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ޓްރާންސްފަރ ފެސިލިޓީސް، ކުނިނެގުމުގެ ޚިދުމަތް އަދި ޑިސްޕޯސަލްސައިޓްގެ ޚިދުމަތް ދޭ ގަޑިތަކަށްވަނީ ބަދަލު ގެނެސްފައެވެ.
* މާލެ ވޭސްޓް ޓްރާސްފަރ ސްޓޭޝަން 8:00 އިން 17:00 އަށް
* މާލެ ހައުސްހޯލްޑް ކަލެކްޝަން 14:00 އިން 17:00 އަށް
* ކޯލް އެންޑް ޕިކްއަޕް ސާވިސް 9:00 އިން 16:00 އަށް
* ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން 8:00 އިން 17:00 އަށް
* ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން 12:00 އިން 17:00 އަށް
* ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން (ފޭސް2) 7:00 އިން 15:00 އަށް
* ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން 8:00 އިން 17:00 އަށް
* ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން 12:00 އިން 17:00 އަށް
* ތިލަފުށި ޑިސްޕޯސަލް ސައިޓް 8:30 އިން 17:00 އަށެވެ.