ވ. ރަކީދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
މި ބައި އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ.
މި އިންތިޚާބުގައި ހުސްވެފައިވާ ކައުންސިލް ގޮނޑިއަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ސާމީއާއި ކޮންގްރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުއްރައްޒާޤް އާދަމެވެ.
މި ބައި އިލެކްޝަންގައި ރަކީދޫއާއި މާލޭގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މާލޭގައި ވޯޓު ފޮށީ ބަހައްޓާފައިވަނީ ދަރުބާރުގޭގައެވެ. އަދި ރަކީދޫގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ރަކީދޫ ސްކޫލުގައެވެ.