އޮޅުވާލައިގެން މުދަލާއި ފައިސާ ހޯދާ މީހަކު އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ގ. ސިނަމާލެ 01 05-13 ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާއިރު އެ މައްސަލައާ ގުޅިގެން އިތުރު މީހުންގެ އަތުން އޭނާ ފައިސާ ނަގާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށް ފުލުހުން ޚިދުމަތުން ވިދާޅުވެއެވެ.
ފުުލުހުންވަނީ ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މުދަލާއި ފައިސާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭތީ ޒައިދާން މިދިޔަ އަހަރުވެސް ބަންދުކުރިއެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާގެ އެފަދަ އެހެން މައްސަލަތައް ވެސް ތަހުގީގު ކުރާކަމަށް ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައި ވިދާޅުވެފައިވެއެވެ.