ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގަންދަނީ ކުޑަކުދިންގެ ރުއިމާއި ކެކުޅުމުގެ އަޑެވެ. ކުރާ އާދޭހާއި، އުދާސްތަކުގެ އަޑުތަކެވެ.
އިވެނީ ކޮންމެވެސް ތަނެއްގައި ބޮމެއް ގޮވާ އަޑެވެ. ފެންނަނީ ގެތަށް ފުޑުފުޑުވެ، ބިމާ ހަމަވެގެންދާ މަންޒަރެވެ. ވަންނާނެ ތަނެއް ނެތި، ޢުމުރު ދުވަހު ކުރަމުން އައި މަސައްކަތް، ވެއްޔާ މޮޑެވިގެންދާ މަންޒަރެވެ.
މި މަންޒަރުތަކާއި، އަޑުތަކަކީ ބަޔާން ކޮށްދެވޭ ވަރަށްވުރެ، އަސަރުގަދަ، ހިތްދަތި މަންޒަރުތަކެވެ. މިކަން އެންމެ ބޮޑަށް އިޙްސާސް ވާނީ ފަލަސްޠީނުގެ ޣައްޒާގައި، އެ ބިރުވެރި ޙަމަލާތައް ލޮލުން ދެކި، ކަންފަތުން އަޑު އަހާ، ބަޔަކަށް އެކަންޏެވެ. ކުށެއް ނެތް މުސްލިމުންނަށް، އެ ކުރަނީ ހާދަހާ އަނިޔާއެކެވެ. އެ މީހުންގެ ހިތްތަކާއި، ހަށިގަނޑަށް އެދެނީ ހާދަހާ ވޭނެކެވެ.
އެތައް މިތަނަށް ބޮން އަޅާ، ކުޑަކުދިން ޢިމާރާތްތަކުގެ ދަށުވެ، ގާތަކުގެ ދަށުގައި ތާށިވާ މަންޒަރަކީ، މީސްމީޑިއާގެ އިތުރުން، ނޫސް މަޖައްލާތަކުން ވަރަށް ޢާންމުކޮށް ފެންނަ މަންޒަރެކެވެ. އެގޮތުން، މި ތުއްތު ކުއްޖަކީވެސް، އެގޮތަށް، ގާތަކެއްގެ ދަށުވެފައި އޮއްވާ، ސަލާމަތްކުރި ކުއްޖެކެވެ. އެ ކުއްޖާ ސަލާމަތްކޮށްދިން މީހާ، ކުއްޖާ އެ ގެންދަނީ، މަންމަ ގާތަށެވެ. ނަމަވެސް، ކުއްޖާ އުރާލެވުމުގެ ކުރިން، ކުއްޖާ ފެނި އުފަލުން، މަންމަ ހޭނެތިގެން ވެއްޓުނެވެ.
ޖައްބާރު ޔަހޫދީންގެ ލާއިންސާނީ ޙަމަލާތަކުން، މިގޮތަށް ކިތަންމެ އަނިޔާއެއް، ފަލަސްޠީނުގެ ކުށެއް ނެތް މަޢުސޫމް އެތައް އާޢިލާތަކަށް ދަނީ ލިބެމުންނެވެ. އިސްރާއީުލުގެ ބިމުގެ ހަމަލާއެއްގައި އަމިއްލަ ގެ ފުނޑުފުނޑުވެ، މަންމަ އާއި ބައްޕަ ނިޔާވެފައިވާ ޢުމުރުން އެންމެ 11 އަހަރުގެ ކުއްޖެއްގެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ވަނީ ޢާންމުވެފައެވެ.
ސޯޝަލް މީޑިއާގައި ޢާންމުވެފައިވާ ވީޑިއޯއެއްގައި، އެ ކުއްޖާ އާއި، މީހަކު ސުވާލު ކުރެއެވެ.
"ގެއަށް ބޮން އެޅިމާ ދެން، އަހެރެމެން ދިޔައީ ބޮޑުދައިތަމެން ގެއަށް. އެ ގެއަށް ވެސް ބޮން އެޅި. އަތާއި މޫނަށް ވެފައި ހުރި ގޮތެއް ވީ، ބޮޑުދައިތަމެން ގޭގައި ތިއްބާ ބޮން އެޅުމުން. އެ މީހުން ބޮން އެޅުމުގެ ކުރިން އެއްވެސް ކަހަލަ އިންޒާރެއް ވެސް ނުދޭ. މި ހާދިސާގައި އަހަރެންގެ މަންމަ އާއި ބައްޕަ ނިޔާވި. މި ކޭންޕުގައި މިހާރު މި ތިބީ ބޮޑުދައިތަމެންނާއި އެކު." 11 އަހަރުގެ އެކުއްޖާ ކިޔައިދިނެވެ.
This 11 yrs old Palestinian boy lost both of his parents by the evil barbaric Zionist monsters... ??
— ONE (@One_Dawah) October 20, 2023
And he is still smiling knowing they are in a better place ❤️❤️
May Allah accept them as martyrs and grant shifa to his brother and sister. pic.twitter.com/ZOufoPnBCJ
އެހެން ހާދިސާއެކެވެ. ކާރެއްގެ ދަށުގައި ތާށިވެފައި އޮތީ ތުއްތު ކުއްޖެކެވެ. އެކުއްޖާ ގޮވަމުންދިޔައީ ސަލާމަތްކުރުމަށެވެ.
She is under the rubble bleeding but tells rescuers to spare her and save her family members. Horrifying and heartbreaking.
— Ramy Abdu| رامي عبده (@RamAbdu) October 19, 2023
pic.twitter.com/E5BJHaYpxn
މިގޮތަށް މަންމަ އާއި ބައްޕަ ދުނިޔެ ދޫކޮށްފައިވާ ކިތަންމެ ކުއްޖެއް ޣައްޒާގައި ދިރިއުޅެމުން ދެއެވެ. ޢާއިލާގެ މެންބަރުން ޝަހީދުވެ، ބަލާނެ މީހަކު ނެތި ޔަތީމުވެފައިވާ ކިތަންމެ ކުއްޖެކެވެ. އަދި ކިއެއްތޯއެވެ. ހުވަފަތްވެފައިވާ އަނބިންވެސް އެހާމެ ގިނައެވެ.
ހޮސްޕިޓަލްތައް ފުރި ބާރުވެދަނީއެވެ. އެކި ޢުމުރާފުރާގެ މީހުންނާގެންނެވެ. އަދި އެންމެ ހިތް ދަތިވަނީ، ތުއްތު ތުއްތު ކުދިންގެ ހާލަތު ފެނިއެވެ. މިއީވެސް އެފަދަ ކުއްޖެކެވެ.
???? This little girl from the Gaza Strip was rescued from the rubble after Israel BOMBED her home. pic.twitter.com/jFvmdcHOEo
— Jackson Hinkle ?? (@jacksonhinklle) October 20, 2023
ފަލަސްޠީނުގައި ޙާލުގައި ޖެހިފައި ތިބި، މިފަދަ އެތައް މުސްލިމަކަށް، އެހީތެރިވުމުގެ ގޮތުން އެތައް ޑޮކްޓަރުންނަކާއި، ނަރުހަކާއި، ގިނަ އަދަދެއްގެ ސިއްޙީ މަސައްކަތްތެރިން ޣައްޒާގައި އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އެ މީހަކަށް ވެވުނު ވަރަކުން، ޒަހަމްވާ އެތައް ހާސް މީހަކަށް ފަރުވާ ދެމުންނެވެ. ރެޔާއި ދުވާލު އަވަދިނެތިއެވެ.