ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިސްރާއީލްގެ ޞަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ކުރިމަތި ކުރުވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް ނިންމަވާފައިވާކަމަށެވެ.
އެމިނިސްޓރީން ވިދާޅުވީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިޢުތިދާލުގައި ހުރެ ޤުނޫތު ކިޔުމަށް ހުރިހާ މިސްކިތެއްގެ އިމާމުންނަށް އަންގަވާފައިވާކަމަށެވެ.
ޤުނޫތު ކިޔަން ފަށާނީ މިއަދުގެ މަޤްރިބް ނަމާދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.