ޚަބަރު

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000 ރުފިޔާގެ އެލަވަންސެއް


  • ހައުސިން އެލަވަންސް އަކީ ކުރިންވެސް ދިން އެލަވަންސެއް

  • ރަށުން ބޭރުގައި މަސައްކަތް ކުރުމަށް ގެ ކުއްޔަށް ބޮޑު ޚަރަދެއް ކުރަންޖެހޭ

  • ޕްރިންސިޕަލުންގެ ކަނބޮޑުވުމަށް ހައްލެއް ގެނައުމުގެ ގޮތުން 7000 ރުފިޔާގެ އެކަވަންސެއް

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސްގެ ގޮތުގައި 7000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސްކޫލްތައް ހިންގުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީންކުރުމަށް ސަރުކާރުން ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ތަމްރީނުވެގެން އަންނަ ޕްރިންސިޕަލުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އަމިއްލަ ރަށްނޫން އެހެން ރަށެއްގައި މަސައްކަތް ކުރަންޖެހުމުގެ ސަބަބުން ކުރަންޖެހޭ ޚަރުދު ބޮޑުވުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރަން ޖެހުމުގެ ސަަބަބުން ކުއްޔަށް ތަނެއް ހިފައިގެން އުޅުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަން ޕްރިންސިޕަލުން ފާހަގަކުރާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އަމިއްލަ ރަށްނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސްގެ ގޮތުގައި 7000 ރުފިޔާ ދިނުމަށް ނިންމަވާފައިވަކަމަށެވެ.

"ރަނގަޅު ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށް މަސައްކަތް ކުރަން އެބަ. މި ދައުރުގައި އަތޮޅުތަކުގެ ސްކޫލްތަކުގައި އެތަކެއް ކްލާސްރޫމްތަކެއް އެޅިއްޖެ. ޕްރިންސިޕަލުން ޓްރޭންކޮށްގެން ރަށްރަށަށް ސްކޫލްތަކަށް އެބަ ގެންނަން. މިއަދު އޭގެ ތެރެއިން ބައެއް ޕްރިންސިޕަލުން ކަންބޮޑުވަނީ ރަށް ނޫން އެހެން ރަށަކަށް މަސައްކަތް ކުރަންދާން ޖެހުން. "ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިނިސްޓްރީން މިހާރުވަނީ އެ އިނާޔަތަށް ޝަރުތު ހަމަވާ ޕްރިންސިޕަލުންނަށް އެ ޕޮލިސީއާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް މީގެ ކުރިންވެސް ވަކި އެލަވަންސެއް ދިނެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ވަޒީފާގެ އާ އޮނިގަނޑުގައި ރަށުން ބޭރުގެ އެކޮމަޑޭޝަން ވަނީ އުނިކޮށްފައެވެ.