މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
ނާޒިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެޑައިގަންނަވާ ޑރ. އަހްމަދު އަދީލް ނަސީރުއެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ.
2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު،…
— Ismail Habeeb (@IsmailHabeeb) August 6, 2023
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ނާޒިމްއެވެ. އެ ފޯމާއި އީސީން ހަވާލެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނާޒިމަށް ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުންނެވެ.
އަންމަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ތިން ޕާޓީއަކުން ވަނީ ކެންޑިޑަސީ ފޯމް ހުށައަޅާފައެވެ. އޭގެއިތުރުން އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ބައެއް ފަރާތްތަކުން ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.