ޚަބަރު

ޒޯން 1 ގައި އާރުޓީއެލްގެ ޚިދުމަތާއި ގުޅޭގޮތުން އިޖްތިމާއީ-އިޤްތިޞާދީ ދިރާސާއެއް


  • މި ދިރާސާ އަކީ އާރުޓީއެލްގެ ޚިދުމަތްތަކުން ރައްޔިތުންނަށް ކުރާ އަސަރުތަކާއި ގުޅޭ ދިރާސާއެއް

  • މި ދިރާސާ ކުރިއަށްދާނީ މިމަހުން ފެށިގެން އަންނަ އޮގަސްޓްމަހުގެ ނިޔަލަށް

  • މި ދިރާސާ ކުރުމަށް ހަވާލުކޮށްފައިވަނީ އެފް.ޖޭ.އެސް ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑާ

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީއާއި ގުޅޭގޮތުން އިޖްތިމާއީ-އިޤްތިޞާދީ ދިރާސާއެއް ހެދުމަށް މިނިސްޓްރީ އޮފް ޕްލޭނިންގ
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކުރައްވައިފިއެވެ.

ޒޯން 1ގެ ގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅުގެ ރަށްތަކުގައި މިދިރާސާ ކުރުމަށް ހަވާލުކުރެއްވީ އެފް.ޖޭ.އެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

މިދިރާސާގެ މައިގަނޑު މަޤްސަދަކީ ފެރީތަކުގެ ޚިދުމަތުގެ ސަބަބުން، އެ ޚިދުމަތް ދޭ ފަރާތްތަކާއި، އެ ޚިދުމަތް ހޯދާ ފަރާތްތަކާއި، މުޖްތަމަޢުގައި ހިމެނޭ އެކިއެކި ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އަދި ވިޔަފާރިތައް ހިންގާ އެކި ސިނާޢަތްތަކަށް ކުރާ އަސަރުތައް ދެނެގަތުން ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކުރައްވައެވެ. މިދިރާސާގައި އާރްޓީއެލް ޚިދުމަތުގެ އަސަރު ސީދާ ގޮތުންނާއި ނުސީދާގޮތުން ކުރާ ފަރާތްކުގެ މަޢުލޫމާތު ހޯދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި ދިރާސާ ކުރިއަށް ގެންދާނީ މިހިނގާ ޖުލައި މަހާއި އޮގަސްޓްމަހުގެ ތެރޭގައެވެ.

މި ދިރާސާއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެފްޖޭއެސްއަށް އެއްބާރުލުން ދެއްވުމަށް ޕްލޭނިންގެ މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.

އާރުޓީއެލްގެ ޚިދުމަތަކީ މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ ވަރަށް ބޮޑު އަދި މުހިންމު ޤައުމީ މަޝްރޫޢެކެވެ. މިމަޝްރޫޢު ސަރުކާރުން ފަށާފައިވަނީ މިދިއަ އަހަރުގެ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ.

އަދި މި ޚިދުމަތް އެންމެ ފަހުން ފެށި ސަރަހައްދަކީ ހުވަދޫ އަތޮޅެވެ. ހުވަދުއަތޮޅުގައި ޓެސްޓު ދަތުތުރަށް ފަށާފައިވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ.