ވިޔަފާރި

ވޯގް ފްރާންސާއެކު އެމްއެމްޕީއާރުސީން ކެމްޕޭނެއް


  • މިއީ އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކެމްޕެއިނެއް

  • ވޯގް ފްރާންސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޖައްލާއެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ފްރަންސޭސިވިލާތުގައި ދިވެހިރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ޕްރޮމޯޓްކުރުމަށް ވޯގް ފްރާންސާއެކު ޑިޖިޓަލް އަދި ޕްރިންޓް މާކެޓިންގް ކެމްޕޭނެއް ކުރިއަށް ގެންގޮސްފިއެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކެމްޕެއިންގެ މަގުސަދަކީ ފަރަންސޭސިވިލާތުގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ބްރޭންޑް ޕްރެޒެންސް ހަރުދަނާކޮށް، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ވޯގް ފްރާންސްއަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި 90 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޕްރިމިއާ މަންތްލީ ފެޝަން ނިއުސްއެންޑާއި އެއްގޮތަށް އަޕްސްކޭލް އަދި ގްލޭމަރަސް ނަމެކެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މަޝްހޫރު ނަމެއް ކަމަށްވާ ވޯގްއަކީ ފަރަންސޭސިވިލާތުގެ ބާޒާރުގައި ރާއްޖެއާ މެދު ދެކޭ ނީޝް އެފްލޫއެންޓް، ފްރެންޗް މާކެޓުގެ އިތުރުން އެހެނިހެން ފަރަންސޭސިވިލާތުގެ ދަތުރުވެރިންނަށް ވެސް ވާސިލްވުމަށް ފަސޭހަ މަގެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ވޯގްގެ ޓާގެޓް އޯޑިއެންސްއަކީ މަތީ ފަންތީގެ ފަތުރުވެރިންކަމަށްވާއިރު ޑިޖިޓަލް އޯޑިއެންސްއަކީ މަހަކު 8.9 މިލިއަން ޔުނިކް ވިޒިޓާސްއެވެ. ވޯގްއަކީ އެކި ފަންތީގެ ކިޔުންތެރިންނަށް އެންމެ ރަނގަޅު އައު އުފެއްދުންތަކާއި ހިދުމަތްތަކާއި އޮފާތަކާއި ބެހޭ ގޮތުން ޚަބަރުތައް ފޯރުކޮށްދޭ އެންމެ މަޝްހޫރު އެއް މަޖައްލާވެސްމެއެވެ.

ޕްރިންޓް އަދި ޑިޖިޓަލް ކޮމްޕޮނެންޓެއް ހިމަނައިގެން ވޯގްއާއެކު ކުރިއަށްގެންދިޔަ ކެމްޕެއިންގައި ދިވެހިރާއްޖެ އަކީ އެންމެ މަގުބޫލް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދައްކައިދޭ ފޮޓޮއެއް އޭޕްރީލްމަހު ނެރުުނު ވޯގް މަޖައްލާގެ ބޭރު ކަވަރުގައި ވަނީ ޝާއިޢުކޮށްފައެވެ.

މި ކެމްޕެއިން ކުރިއަށްގެންދިޔަ ފްރާންސުން ޖުލައިމަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް 30770 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރު ފަރަންސޭސިވިލާތަކީ ދިވެހިރާއްޖެއަށް 8 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.