ދިގު މުއްދަތަށް ބޭނުންކުރަންޖެހޭ ބޭސްތައް ނަގަން ބޭސް ސިޓީ އައު ކުރަން ހާއްސަ ފޮއްޓެއް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބަހައްޓައިފިއެވެ.
އެކި ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރަމުން އަންނަ މީހުންގެ ބޭސް ސިޓީ މިހާތަނަށް އައު ކުރަމުން އަންނަނީ އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކުމަށްފަހުއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ ބޭސް ސިޓީ އައުކުރުމަށް މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އެކަމަށް ހާއްސަ ފޮއްޓެއް ބަހައްޓާފައި ހުންނާނެކަމަށެވެ. މި "ޑްރޮޕް ބޮކްސް" ހުންނާނީ އެ ހޮސްޕިޓަލްގެ އިންފޯމޭޝަން ކައުންޓަރުގައެވެ. އަދި މި ފޮއްޓަށް ވައްޓާލާ ބައު ބޭސް ސިޓީގައި ބަދަލުގައި ހައްދާ އައު ބޭސް ސިޓީ ޖެހިގެން އަންނަ ދުވަހު ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށް މި ފޮށި ހުންނާނެއެވެ. އަދި އައު ބޭސް ސިޓީއާއި ހަވާލުމަށް ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށް ޖެހިގެން އަންނަ ދުވަހު ގުޅާނެއެވެ. އައު ބޭސް ސިޓީ ދޫކުރާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 02:00 ޖަހަންދެނެވެ.
އައިޖީއެމްއެޗުން ވިދާޅުވީ މި ބަދަލަށް ގެނައި އައު ބޭސް ސިޓީ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދީ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުންކަމަށެވެ. އައި ޖީއެމްއެޗްގެ މި ނިންމުމަށް ބައެއް މީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބުލްބުލް
މިހާރު މި ވަރުގެ ކަމެއް އޮންލައިންކޮށް ކޮށްލެވެންވާނެ. ފޮށި ޒަމާން ފަސްދީ ހިގައްޖެ. އަޕްގްރޭޑް ވާން އެބަޖެހޭ