ޚަބަރު

މަލައިކާ އާއި އަރުބާޒު މައްސަލަ ޖެހުނީ "ދަބަންގް" އަށްފަހު


މަލައިކާ އަރޯރާ އާއި އަރްބާޒް ޚާން ގާތްގަނޑަކަށް 18 އަހަރު ވަންދެން އެކުގައި އުޅުމަށްފަހު ވަކިވި ޚަބަރަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ހަބަރެކެވެ. ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑުގެ ގޮތުގައި އޭރު ފެނުނު މި ތަރިންގެ ގުޅުން، މަލައިކާ އާއި އަރުބާޒު ޕްރޮޑިއުސްކޮށް 2010 ވަނަ އަހަރު ދެއްކި ފިލްމު "ދަބަންގް" އާއި ހަމައަށް ރަނގަޅު ކަމަށް ޑައިރެކްޓަރު ފަރަހް ހާން މި ވަނީ ބުނެފައެވެ.

މަލައިކާ މިހާރު ރައްޓެހިވެގެން އުޅެނީ އެކްޓަރު އަރުޖުން ކަޕޫރާއެވެ. އުމުރުގެ ގޮތުން ތަފާތު ދެމީހުން ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުންވެސް މި ތަރިންނަށް އަންނަނީ އަމާޒުވަމުންނެވެ. ނަމަވެސް ފާޑުކިޔުންތަކަށް ބެލުމެއްނެތި މި ތަރިންވެސް އުޅެނީ ވަރަށް ލޯބިންނެވެ. އަރުބާޒު އުޅެނީ މޮޑެލް އެއްކަމަށްވާ ޖޯޖިއާ އަންދްރިއާނީ އާއި ރައްޓެހިވެގެންނެވެ.

މަލައިކާގެ ޝޯވ "މޫވިންގް ވިތް މަލައިކާ" ގެ ފުރަތަމަ އެޕިސޯޑުގައި ފަރަހް އާއި ވާހަކަ ދައްކަމުން މަލައިކާ ހާމަކުރިގޮތުގައި ކައިވެނި ކުރިއިރު އުމުރު ވަރަށް ހަގެވެ. އަދި ކައިވެނި ކުރީ އަވަހަށް ގެއިން ނިކުމެގެން ދިއުމަށް ކަމަށްވެސް މަލައިކާ ބުންޏެވެ. އަދި އަރުބާޒު ކައިރިން ރައްޓެހިވާ އެހީވެސް އޭނާ ކަމަށް މަލައިކާ ވަނީ ހާމަކޮށްފައެވެ.

މަލައިކާ އިތުރަށް ބުނިގޮތުގައި ދެމީހުންވެސް ވަރަށް ޅަ ކަމުން ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހުނެވެ. ދިރިއުޅުމުގައި ތަފާތު ކަންތައްތައް ބޭނުންވިއެވެ. އަދި ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ކޮންމެވެސް ކަންތައްތަކެއް މަދުކަމުގެ އިޙްސާސު ކުރެވުނު ކަމަށާއި އެކަކަން ލިބޭނީ ގުޅުން ކަނޑައިލައިގެން ކަމަށް ޤަބޫލުކުރެވުނު ކަމަށް މަލައިކާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން ދެ މީހުންނަކީވެސް މިއަދު އެކަކު އަނެކަކަށް އިޚްތިރާމު ކުރާ ދެ މީހުންނަށް ވެއްޖެ ކަމަށް މަލައިކާ ބުންޏެވެ.

ދެމީހުންގެ ކުއްޖަކު އެބަހުރިކަމަށާއި އެއީ ދުވަހަކުވެސް ބަދަލު ނުވާނެ ކަމެއް ކަމަށް މަލައިކާ ވަނީ ބުނެފައެވެ. ކައިވެނި ކޮށްގެން އުޅުނު އިރު ދެ މީހުންނަކީވެސް ރުޅި ގަދަ އަދި ވަރަށް ނެގެޓިވްކޮށް ވިސްނާ ބައެއް ކަމަށް މަލައިކާ އިތުރަށް ބުންޏެވެ.

މިކަމަށް ޖަވާބު ދެމުން ފަރަހް ބުނިގޮތުގައި "ދަބަންގް" ދެއްކިއިރުވެސް ދެމީހުންގެ ގުޅުން ރަނގަޅު ކަމަށާއި ނަމަވެސް އޭގެފަހުން ވަރަށް ތަފާތުކަން ފާހަގަކުރެވުނެވެ.

ޝޯވގެ ވަކި ހިސާބަކުން މަލައިކާ ރޯންވެސް ފެށިއެވެ. ފަހަރް އާއި ކަރަން ޖޯހަރަކީ އޭނާއަށް ދިވާމީ އެ ދަތި ދުވަސްވަރު އެންމެ ސަޕޯޓު ދިން މަދު ބައެއްގެ ތެރެއިން ދެ މީހުން ކަމަށް މަލައިކާ ހާމަކުރިއެވެ.