އެކްޝަން ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އިންޑިއާނާ ޖޯންސްގެ ފިލްމުތަކަކީ މަޤުބޫލު ފިލްމުތަކެކެވެ. ހޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ހެރިސަން ފޯޑްގެ "އިންޑިއާ ޖޯންސް" ފްރެންޗައިޒްގެ 5 ވަނަ ފިލްމުގެ ޓްރެއިލާ މިމަހުގެ ކުރީކޮޅު އާއްމުކޮށްފައިވާއިރު، މިއީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ފިލްމެކެވެ.
އެކްޝަން އެޑްވެންޗާއެއްގެ ގޮތަށް ގެނެސްދޭ މި ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ.
"އިންޑިއާނާ ޖޯންސް" ގެ ފިލްމުތައް ހެރިސަން ފޯޑް ކުޅެން ފެށީ ތަޒުވާން އުމުރުގައި ކަމަށް ވިޔަސް މީގެ 5 ވަނަ ބައި ބެލުންތެރިންނާ ހަމަށް އަންނަ އިރު، އޭނަގެ އުމުރަކީ 80 އަހަރެވެ.
Watch the new trailer for #IndianaJones and the Dial of Destiny that just debuted at Brazil Comic Con #CCXP2022. Only in theaters June 30, 2023. pic.twitter.com/GNKemfnBN2
— Indiana Jones (@IndianaJones) December 1, 2022
މީގެ ފުރަތަމަ ފިލްމު "ރައިޑާސް އޮފް ދަ ލޮސްޓް އާކް" ރިލީޒްކުރީ 1981 ވަނަ އަހަރުއެވެ. އެ ފިލްމު ރީލީޒްކުރި އިރު، ކާމިޔާބު އެކްޓަރަށް ވީ 39 އަހަރެވެ. ފިލްމުގެ 4 ވަނަ ބައި "އިންޑިއާނާ ޖޯންސް އެންޑް ދަ ކިންގްޑަމް އޮފް ދަ ކްރިސްޓަލް ސްކަލް" ގެނެސްދިނީ 2008 ވަނަ އަހަރުއެވެ.
ކުރީގެ 4 ފިލްމު ޑައިރެކްޓްކުރީ ކުޅަދާނަ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ކަމަށް ވިޔަސް، 5 ވަނަ ބައި ޑައިރެކްޓްކުރީ "ދަ ވުލްވުރިން" އާއި "ލޯގަން" ގެ އިތުރުން "ފޯޑް ވާސަސް ފެރީ" ފަދަ ފިލްމުތައް ގެނެސްދިން ޖޭމްސް މަންގޯލްޑެވެ.