ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް އަލީ ޚާން ބޮލީވުޑަށް ލޯންޗު ކުރަން ކަރަން ޖޯހަރު ތައްޔާރުވެއްޖެއެވެ.
ސައިފް އާއި ކުރީގެ އަންހެނުން އަމްރިތާ ސިންގަށް ލިބުނު ފިރިހެން ދަރިފުޅު ކަރަން ލޯންޗުކުރާނީ އަންނަ އަހަރު ކުރީކޮޅުގައެވެ.
2016 ވަނަ އަހަރު ސްޓޫޑެންޓް އޮފް ދަ އިޔާ އިން ކުޑަ ރޯލެއް ކުޅުނު ފަހުން ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އާއި ގާތް ގުޅުމެއް އޮންނަ ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީ ޑައިރެކްޓް ކުރާ އިބްރާހީމްގެ މި ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ. ދަރްމާ ޕްރޮޑަކްޝަންސްގެ އޯމްނިބަސް އަންކާހީ ދަސްތާން އިން އަންކަހީގެ ނަމުގައި ސެގްމަންޓް ވެސް ކަޔޯޒޭ ޑައިރެކްޓްކުރިއެވެ.
ކަޔޯޒޭ ޑައިރެކްޓް ކުރާ އިބްރާހިމްގެ ފުރަތަމަ ފިލްމު ދައްކާނީ ކަރަން ޑައިރެކްޓް ކުރާ އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒް ކުރުމަށް ފަހުއެވެ.
އަނެއްކޮޅުން އިބްރާހިމް އަންނަނީ އެ ފިލްމުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ މަސައްކަތްކުރަމުންނެވެ. އަދި އެ ފިލްމުން އިބްރާހީމްގެ ދައްތަ ސާރާ އަލީޚާން ލޯންޗް ކުރަން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް ސާރާ ލޯންޗްކޮށްފައި ވަނީ އަބީޝެކް ކަޕޫރު އޭނާގެ ފިލްމު "ކޭދަރްނާތު" އިންނެވެ.