ޚަބަރު

ތާބޫ އާއި ބައްޕަގެ ގުޅުން އެހާ ރަނގަޅެއް ނޫން


ބޮލީވުޑް ބަތަލާ ތާބޫ އަކީ ހަމައެކަނި ބޮލީވުޑްގައި ހިނގާ ނަމެއް ނޫނެވެ. ތާބޫ ކުޅެފައިވާ ދެކުނު ސިނަމާތަކުގެ ފިލްމުތަކަކަކީވެސް އޭނާ ހުނަރު ވަރަށް ރަނގަޅަށް ދައްކާލާފައިވާ ފިލްމުތަކެވެ.

ތާބޫއަކީ އަކީ އަބަދުވެސް ވަރަށް ވަރުގަދަ ރޯލުތައް ވަރަށް ކުޅަދާނަކަމާއިއެކު ކުޅޭ ތަރިއެކެވެ. ދާދި ފަހުން ބޮލީވުޑްގެ ބްލޮކްބަސްޓަރ ފިލްމު "ބޫލް ބުލާޔާ 2" ގައި ލީޑް ރޯލުން ފެނުނު ތާބޫއަށް އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.

ތާބޫ މިހާރު ތައްޔާރުވަމުން އަންނަނީ އެކްޓަރު އަޖޭ ދޭވްގަންގެ ތްރިލާ ފިލްމު "ދްރިޝަމް 2" ށް ތައްޔާރުވަމުންނެވެ.

އޭނާގެ ރީތިކަމަށް ކުޅަދާނަ ކަމަށް އަދިވެސް ވަރަށް މަޝްހޫރު ތާބޫ އަކީ އެއް އިރެއްގައިވެސް ޒާތީ ވާހަކަތައް ދައްކާ ތަރިއެއް ނޫނެވެ. ނަމަވެސް ސިމީ ގަރޭވާލްގެ ޗެޓް ޝޯވ ގައި ތާބޫ ވަނީ އޭނާގެ ބައްޕައާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ތާބޫ ބުނިގޮތުގައި އޭނާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ނުލަނީ އެއީ އެހާ މުހިންމު ކަމެއް ކަމަށް ނުދެކޭތީ ކަމަށެވެ. ތާބޫގެ އަސްލު ނަމަކީ ތަބައްސުމް ފާތިމާ ހާޝިމީއެވެ. ހާޝިމީ އަކީ އޭނާގެ ބައްޕަގެ ނަމެވެ. ނަމަވެސް ތާބޫގެ މަންމަ އާއި ބައްޕަގެ ކައިވެނީގެ ގުޅުން ނިމުމަކަށް އައިސްފައިވާތީ ތާބޫ އާއި ބައްޕައާއި އެއްވެސް ގުޅުމެއް ނޯވެއެވެ.

ތާބޫ އިތުރަށް ބުނިގޮތުގައި އޭނާގެ ބައްޕައާއި ދައްތަ އާއި ދެމީހުން ކޮންމެވެސް ވަރަށް ދިމާވެފައި ހުރި ނަމަވެސް އޭނާއާއި ބައްޕައާއި އެއްގޮތަކަށްވެސް ދިމައެއް ނުވެއެވެ. އަދި ދިމާވާން ބޭނުން ނުވާ ކަމަށްވެސް ތާބޫ ވަނީ ބުނެފައެވެ.

"ދްރިޔަޝަމް 2 " ގައި ތާބޫ ފެނިގެންދާނީ ޕޮލިހެއްގެ ރޯލުންނެވެ. މި ފިލްމުގައި ދައްކާނީ 2015 ވަނަ އަހަރު ހިނގި ހާދިސާއެއް 7 އަހަރު ފަހުންނެވެ. އަންނަ މަހު 18 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ އަބީޝެކް ޕަތަކް ޑައިރެކްޓުކުރާ އެއްޗެކެވެ. މި ފިލްމުން ތާބޫގެ އިތުރުން އަޖޭ، އިޝީތާ ދައްތާ އަދި ޝްރިޔާ ސަރަންވެސް ފެންނާނެއެވެ.

ހިންދީ ފިލްމުގެ އިތުރުން ތަމަޅަ އަދި ތެލުގޫ ފިލްމުވެސް ކުޅޭ ތާބޫ އެންމެ ފުރަތަމަ ލީޑް ރޯލަކުން ފެނުނީ 1991 ވަނަ އަހަރު ދެއްކި ތެލުގޫ ފިލްމު "ކޫލީ ނަންބަރު 1" އިންނެވެ. ތާބޫ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "ބީވީ ނަންބަރު 1"، "ހަމް ސާތް ސާތް ހޭ"، "ޗީނީ ކަމް"، "ލައިފް އޮފް ޕައި"، "ޖޭ ހޯ"، "ހައިދަރް"، "ގޯލްމާލް އެގެއިން"، "އަންދާދުން" އަދި "ބޫލްބުލައްޔާ 2" ހިމެނެއެވެ.