ހއ. ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. 150 ދުވަހުގެ މުއްދަތެއްގައި ނިންމާގޮތަށް މި މަޝްރޫއު ހަވާލުކުރީ 1,988,107ރ (އެއް މިލިއަން ނުވަ ލައްކަ އަށްޑިހަ އަށްހާސް އެއްސަތޭކަ ހަތްރުފިޔާ) އަށެވެ.
މި މަޝްރޫއުގެ ދަށުން އެ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ހއ.ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރުން pic.twitter.com/20YRHXx3YI
— Ministry of Health (@MoHmv) October 11, 2022
ހެލްތު މިނިސްޓްރީން މިއަދު ވަނީ ފ.އަތޮޅު ހޮސްޕިޓަލުގައި ސެންޓްރަލް އޮކްސިޖަން، މެޑިކަލް އެއަރ އަދި ވެކިއުމް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ މެޑްލޭންޑް ޕްރައިވެޓް ލިމިޓެޑް އާއެވެ.
150 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތަކީ 2,261,953.47ރ (ދެ މިލިޔަން ދެ ލައްކަ ފަސްދޮޅަސް އެއްހާސް ނުވަ ސަތޭކަ ފަންސާސް ތިން ރުފިޔާ ސާޅީސް ހަތް ލާރި) ގެ މަސައްކަތެކެވެ.
ފ.އަތޮޅު ހޮސްޕިޓަލުގައި ސެންޓްރަލް އޮކްސިޖަން، މެޑިކަލް އެއަރ އަދި ވެކިއުމް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރުން pic.twitter.com/nhukjqufSg
— Ministry of Health (@MoHmv) October 11, 2022
މި ދެ ހޮސްޕިޓަލްގެ މަސައްކަތް މިއަދު ހަވާލުކުރި އިރު ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރު ފަސް ހޮސްޕިޓަލެއް އިމާރާތްުރާނެ ބަޔަކު ހޯދުމަށް ވަނީ ޓެންޑަރއަށް ހުޅުވާލާފައެވެ. އެގޮތުން ހުޅުވާފައި ވަނީ ހއ. މޮޅަދޫ، ށ.މަާއުނގޫދޫ، ނ.ފޮއްދޫ، ނ.ކުަޑަފަރީ، މ.ނާލާފުށީ އާ ޞިއްޙީ މަރުކަޒުތައް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށެވެ.
ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ވެސް ޖުމްލަ 22 ހޮސްޕިޓަލެއް ތަރައްގީކުރުމުގެ އެކި މަސައްކަތްތައް ދަނީކުރިއަށެވެ. މީގެ ތެރޭގައި ރާއްޖޭގެ 5 ސަރަހައްދެއްގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ހިމެނެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިއްހީ ދާއިރާ ތަރައްޤީކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.