ދީން

ޖަމާއަތްތެރިން ތަމްރީނުކުރުމަށް ހިންގި ފުރަތަމަ ކޯސް ނިމިއްޖެ


އިސްލާމިކް އެފެއަރޒް މިނިސްޓްރީއާ، ޤުރުއާނާބެހޭ މަރުކަޒު ގުޅިގެން ހިންގި ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު ނިމި ބައިވެރިންނަށް ސެޓްފިކެޓްދެއްވައިފިއެވެ.މިކަމަށްޓަކައި އިއްޔެ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމްގެ ބައިވެރިންނާ ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދު ވިދާޅުވީ، ކަށުކަމާކެމީގެ މަސައްކަތަކީ އެކަމުން ލިބޭނެ މާލީ މަންފާއަކަށް ނުބަލައި ދީނީ ފަރުޟެއްގެ ގޮތުގައި ކުރަންޖެހޭ ކަމެއްކަމަށެވެ.ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަށުކަމާކެމީގެ މަސައްކަތްކުރަން ދަންނަ މީހުން ބޭތިއްބުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ކޯހުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އެންމެ އުތުރުގެ 3 އަތޮޅުން 10 ބައިވެރިއަކު ވަނީ މި ކޯހުގައި ބައިބެރިވެ ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.ޤުރުއާނާބެހޭ މަރުކަޒުގެ ބެއްލެވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާނެ ކަމަށް އެމަރުކަޒުން މައުލޫމާތުދެއެވެ. މިޕްރޮގްރާމްގެ ދެވަނަ ބުރު މިމަހުގެ ސައުވީހުގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް  އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.