މަނީ ލޯންޑަރިން މައްސަލައެއްގައި ބޮލީވުޑް ތަރި ޖެކްލިން ފެނަންޑޭޒްއާއި ފުރަތަމަ ސުވާލުކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެފަހުން އަދިވެސް އެ މައްސަލަ ގަނޑުން އަރައިގަނެވޭނެ ގޮތެއް ޖެކްލިންއަކަށް ނުވެއެވެ.
ސުކޭޝް ޗަންދުރަޝޭކަރް ކީޔާ މީހަކާ ގުޅުން އޮތް އެތައް ކްރޯޑް ރުފީސްގެ މި މައްސަލާގައި ނިއު ދިއްލީގައި އެންފޯސްމަންޓް ޑިރޮކްޓަރޭޓް، އީޑީން ވަނީ 5 ގަޑިއިރު ވަންދެން ޖެކްލިންއާ ސުވާލުކޮށްފައިވެއެވެ. މީޑިއާތަކުން ބުނި ގޮތުގައި ކާމިޔާބު ބަތަލާއާ ސުވާލުކުރަނީ ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ހެކި ބަސް ހޯދުމުގެ ގޮތުން ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ހިންދީ ސިނަމާއިން ޖެކްލިން ބޯއިކޮޓް ކުރާނެކަމުގެ އިންޒާރު މިހާރު ވަނީ ދީފައެވެ. އެއްވެސް ޕްރޮޑިއުސަރަކު ޖެކްލިން ލައްވާ އައު ފިލްމަކަށް ސޮއިކުރުވާކަށް މިހާރު ބޭނުމެއްނުވެއެވެ.
މިކަމާއި ގުޅިގެން އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ އަކްޝޭ ކުމާރާއި ސަލްމާންޚާން ވަނީ މިކަމާއި ގުޅޭގޮތުން ޖެކްލިނއަށް ކުރިން އިންޒާރުދީފައެވެ. ނަމަވެސް ޖެކްލިން ވަނީ އޭނާއާއި އިންނަ ބޭނުން ކަމަށް ބުނެފައެވެ.
ތަހުގީގު ރިޕޯޓުގައިވާ ގޮތުން ޓީމުގައި ހިމެނޭ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، ސުކޭޝްއާ މެދު ސަމާލުވުމަށް އޭނާގެ ކޯ ސްޓާރުން ލަފާދިން ނަމަވެސް ޖެކްލިން ވަނީ ސުކޭޝްއާ ބައްދަލުކޮށް ކާރާއި ޕެޑިގްރީ ޕެޓްސް ފަދަ އަގުބޮޑު ހަދިޔާތައް ހޯދާފައެވެ.
މައްސަލައިގެ އެންމެ ފަހުން އީޑީން ބުނެފައިވާގޮތުގައި ޖެކްލިން އަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެކެވެ. މި މައްސަލަގަނޑުގެ ތެރޭގައި އޭނާ އުޅޭއިރު މިއަހަރު ކުރީކޮޅު ބަހްރައިންގައި ހުރި ޖެކްލިންގެ މަންމަ އަށް ސްޓްރޯކެއް ވެސް ޖެހިފައިވެއެވެ.
ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ މަޝްހޫރު އެކްޓަރުންނާއެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ އުމުރުން 37 އަހަރުގެ ޖެކްލީން ބޮލީވުޑަށް ތަޢާރަފުވީ 2009 ވަނަ ރިލީޒްކުރި ހިންދީ ފިލްމު "އަލާއްދީން" އިންނެވެ. އެހެންނަމަވެސް ބެލުންތެރިންގެ މެދުގައި އޭނާ އަށް މަޤުބޫލުކަން ލިބެންފެށީ 2011 ވަނަ އަހަރު ރިލީޒްކުރި ސައިކޮލޮޖިކަލް ތްރިލަރ "މާޑާ-2" އަށްފަހުއެވެ.
ޖެކްލީން ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ސުކޭޝް އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ޕާޓީ، އޭއައިއޭޑީއެމްކޭގައި ކުރިން އޮތް ވާދަވެރި ސަސީކަލާގެ ފެކްޝަންގެ ފަރާތުން ޕާޓީގެ ލޯގޯއެއް ހޯދަން އިލެކްޝަން ކޮމިޝަނަށް 2017 ގައި ރިޝްވަތު ދިންކަމުގެ ދައުވާ ވެސް އުފުލުނު މީހެކެވެ. އޭނާގެ މައްޗަށް ކުރެވޭ 200 ކްރޯޑް މަނީ ލޯންޑްރިންގެ މައްސަލައިގެ ތަގުގީގު ކުރިއަށްދާ އިރު މަކަރާއި ހީލަތުގެ އެތައް ތުހު