ސިޔާސީ

އދގެ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ވާދާޢީ ތަގުރީރު މާދަމާ


އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ވަދާއީ ތަގުރީރު މާދަމާ ދެއްވުމަށް ހަމަޖެހިއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުންނެވެ. އެއީ 193 ޤައުމު އެކުލެވޭ އާންމު މަޖިލީހުގެ 143 ޤައުމުގެ ބޮޑު އަޢުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

މިއީ 1946 އަހަރުން ފެށިގެން އދ.ގެ ރިޔާސަތު ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ގަވައިދުން ބާއްވާ އިންތިހާބެކެވެ. 2021 ސެޕްޓެންބަރު 14 ގައި ފެށުނު ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ފަރާތުން ރިޔާސަތު ބަލަހައްޓަވަން ފޮރިން މިނިސްޓަރ ޝާހިދު ޚިޔާރުކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.

މިއީ އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖޭން ކުރިމަތިލި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭން ބެލެހެއްޓި ފުރަތަމަ އަދި ތާރީޚީ ފަހަރުވެސްމެއެވެ. މި ތާރީޚާއެކު ރާއްޖެވެފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދ.ގެ ރިޔާސަތު ބެލެހެއްޓި 6 ވަނަ ޤައުމަށެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދުގެ "އުއްމީދުގެ ރިޔާސަތު" ބިނާކުރައްވައިފައި ވަނީ 5 ތަނބެއްގެ މައްޗަށެވެ. އެއީ މިންތީގެ ހަމަހަމަކަން ޤާއިމުކުރައްވައި، އަންހެނުންގެ ކުރިއެރުމަށާއި، ޒުވާނުން ބާރުވެރި ކުރެއްވުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ދާއިރާއާ އުސްމިންތަކަށް ގެންދިއުމުގެ މައްޗަށެވެ.

މި ތާރީޚީ އަދި ފަޚުރުވެރި ރިޔާސަތުގައި ޚާޒިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ވަދާއީ ތަގުރީރު މާދަމާ އދ.ގެ އާންމު މަޖިލީހުގައި ދެއްވާނެއެވެ. މިވީ އަހަރެއްގެތެރޭގައި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ގިނަ ޤައުމުތަކަށް ދަތުރުފުޅުކުރައްވާ ޤައުމުތަކުގެ ޙާލަތު ގާތުން ބައްލަވާލައްވާ އެމަނިކުފާނުގެ "ޕްރެޒިޑެންސީ އޮފް ހޯޕް"ގެ ދަށުން ޤައުމުތަކުގެ ކުރިއެރުވުމަށް އދ.ގެ ޕްލެޓްފޯމް މެދުވެރިކުރައްވާ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.