ޚަބަރު

ސާޖިދުގެ "%100" އިން ފެންނާނީ މި ތަރިން


"އޭކް ވިލްން ރިޓާން" އިން އެންމެ ފަހުން ފެނުނު ބޮލީވުޑް ތަރި ޖޯން އަބްރްހަމް އާއި "އޭކް ވިލަން" ގެ ތަރި ރިތޭޝް ދޭޝްކުމް އާއިއެކު އައު ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

މި ދެ ތަރިންގެ މިފަހަރުގެ ފިލްމަކީ "ހައުސްފުލް" ގެ ފުރަތަމަ ދެ ބަޔާއި އެނޫންވެސް ކޮމެޑީ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދިން ޑައިރެކްޓަރު ސާޖިދު ޚާން "%100" އެވެ.

ރިތޭޝް އާއި ޖޯން ގެ އިތުރުން މި ފިލްމުގެ ލީޑިން ބަތަލާއިންނަކީ ނޯރާ ފަތޭހީ އާއި ރިއަލިޓީ ޝޯވ "ބިގް ބޮސް" އިން މަޝްހޫރުކަން ޝެހެނާޒް ގިލްއެވެ.


ބޫޝަން ކުމާރުގެ ޓީސީރީޒްއާއި އަމަރު ބުޓާލާ ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ފެމިލީ އެންޓަޓެއިންމަންޓު ފިލްމެކެވެ. ބެލުންތެރިންނަށް "%100" ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

2007 ވަނަ އަހަރު ރިލީޒްކުރި "ހޭ ބޭބީ" އިން ޑައިރެކްޝަނަށް ނިކުތް ސާޖިދު އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ވަނަ އަހަރު ދެއްކި "ހަމްޝަކަލްސް" އެވެ.