ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 99000 ހާހަށްވުރެ ގިނަ ވެކްސިން ހަދިޔާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 99450 ވެކްސިން ކަމަށެވެ. އަދި އެއީ ކޯވިޑް-19 އެމް.އާރް.އެން.އޭ ޑޯޒްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެމް.އާރް.އެން.އޭ ވެކްސިނަކީ ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މީގެ ތެރޭގައި ފައިޒާ އާއި މޮޑަރނާ ހިމެނެއެވެ.
Handover of Covid-19 Vaccine (mRNA) from US Government to Ministry of Health.@USAID @UNICEFMaldives @WHOMaldives pic.twitter.com/fnQXZeokKI
— Ministry of Health (@MoHmv) August 8, 2022
އެމެރިކާއިން، ޔޫ.އެސް އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮފްމަންޓް މެދުވެރިކޮށް، ދަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވްކަމާއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތުވެސް ފޯރުކޮށް ދެމުންނެވެ.
ކޯވިޑްގެ ޕެންޑަމިކް ފެށުނު ފަހުން ޔޫއެސްއޭ.އެއިޑްގެ ފަރާތުން ވަނީ ރާއްޖެއަށް 7 މިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި މީގެއިތުރުން 60 ވެންޓިލޭޓަރު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި އެހީތެރިކަމުގެ ތެރެއިން ފުރާނަ ސަލާމަތް ކުރަނިވި ފަރުވާދެވި، އިޖުތިމާއި ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކޮށް، ކޮވިޑާއި ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްޓަންކުރުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.