ފަރަންސޭސިވިލާތުގެ ދައުވަތު ޤަބޫލުކޮށް ފަލަސްޠީނާއެކު ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމާ މެދު ވިސްނަމުންދާ ކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ. އިސްރާއީލުން މިކަން ހާމަކޮށްފައިވަނީ ސުލްޙައިގެ ވާހަކަތައް އަލުން ނުފަށައިފިނަމަ ފަލަސްޠީނުގެ ދައުލަތަށް އިއުތިރާފު ވާނެ ކަމަށް ފަރަންސޭސިވިލާތުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.މިކަމާ ބެހޭ ގޮތުން އިސްރާއީލުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް އިސްރާއީލު ސަރުކާރަށް ދައުވަތެއް ލިބިއްޖެނަމަ އެކަމާ އެކަށީގެންވާ ޖަވާބެއް ދޭނެ ކަމަށެވެ. އެހެން ނަމަވެސް، ފަރަންސޭސިވިލާތުން މިކަމުގައި ދީފައިވާ އިންޒާރަކީ އިސްރާއީލު ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ލޯޣޯ ފެބިއުސް ވަނީ މެދު އިރުމަތީގެ މައްސަލައިގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތަށް ހަރުކަށި ފާޑުކިއުންތައް އަމާޒުކުރައްވާފައެވެ. އަދި އިސްރާއީލުގެ އިސްތިއުމާރީ ހަރަކާތްތައް އިތުރުވަމުންދާ ކަމަށާ މިކަމުގެ ސަބަބުން ސުލްޙައަށް ބުރޫ އަރަމުންދާ ކަމަށް ވެސް ފަރަންސޭސި ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.