ޚަބަރު

ނެޓްފްލިކްސްގެ މި ޝޯތަކުގެ ދެވަނަބައި ފަށަނީ


ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ޕްލެޓް ފޯމް ނެޓްފްލިކްސް އިން ފުރަތަމަ ސީޒަން ދައްކާފައިވާ ޝޯތައް ކަމަށްވާ "ދިއްލީ ކްރައިމް"، "މަސާބާ މަސާބާ"، "ޖަމްތާރާ"، "ފެބިއުލަސް ލައިފްސް އޮފް ބޮލީވުޑް ވައިވްސް" އަދި "މިސްމެޗްޑް" ދެވަނަ ސީޒަން މިއަހަރު ނެރޭނެކަމަށް ނެޓްފްލިކްސްއިން ބުނެފިއެވެ.

އިންޓަނޭޝަނަލް އެމީ އެވޯޑު އުފުލާލާފައިވާ އިންޑިއާގ ހަމައެކަނި ސީރީޒް "ދިއްލީ ކްރައިމް" ގެ ދެވަނައި ބައިގައިވެސް އިންސްޕެކްޓަރ ޗަކުރުވެދީގެ ރޯލުން ފެންނާނީ ފުރަތަމަ ބައިންވެސް ފެނުނު ތަރި ޝެފާލީ ޝާހުއެވެ.

ހަޤީޤީ ޙާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ "ދިއްލީ ކްރައިމް" ގެ ދެވަނަ ބައިގެ ކާސްޓުގައި ޝެފާލީގެ އިތުރުން ރަސިކާ ޑާގަލް، ރާޖޭޝް ތެއިލަންގް، އާދިލް ހުސައިން، އަނޫރާގް އަރޯރާ، ޔަޝްވިނީ ދަޔާމާ، ސިދާތް ބާޖްވާ، ގޯޕާލް ދަތް، ދެންޒިލް ސްމިތް، ތިލޮޓޮމާ ޝޯމް، ޖަތިން ގޯސްވާމީ، ވިޔޮމް ޔާދަވް އަދި އަންކިތް ޝަރުމާވެސް ހިމެނެއެވެ.

"ޖަމްތާރާ:ސަބްކާ ނަންބަރ އާއޭގާ" ގެ ދެވަނަ ބައިގައި ދައްކާނީ އިންޑިއާގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ސްކޭމްއެވެ.

ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާއާއި އޭނާގެ މަންމަ އަދި އެކްޓްރެސް ނީނާ ގުޕްތާ ފެންނަ "މަސާބާ މަސާބާ" ގެ ދެވަނަ ބައިގައި ދައްކާނީ މަސާބާގެ މަސައްކަތާއި ލޯބީގެ ކަންތައްގަޑު އެ ހަމައެއްގައި ގެންގުޅެން މަސައްކަތްކުރާ ތަނެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ އަނބިންގެ ވާހަކަތައް ކިޔާދޭ ޝޯ "ފެބިއުލަސް ލައިފްސް އޮފް ބޮލީވުޑް ވައިވްސް" ގެ ދެވަނަ ބައިގައިވެސް ދައްކާނީ އެމީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމެވެ. މަހީޕް، ބާވަނާ، ސީމާ އަދި ނީލަމްގެ ދިރިއުޅުމުގެ ގްލޭމާ އަދި ޑްރާމާވެސް މި ސީޒަނުން ފެންނާނެއެވެ.

"މިސްމެޗްޑް" ގެ ދެވަނަ ސީޒަންގައި ޕްރަޖްކްތާ ކޯލީ، ރޯހިތް ސަރަފް، ވިހާން ސަމަތް، ތާރުކް ރެއިނާ، ދޭވްޔާނީ ޝޯރޭ، މުސްކާން ޖެފަރީ، ކްރިތިކާ ބާޖްވާ، އަބީނަވް ޝަރުމާ، ރަންވިޖޭ ސިންހާ އަދި ވިދްޔާ މަލަވަދޭ ފެންނާނެއެވެ.