ވިޔަފާރި

އީ.އެމް.އައި.ޓީ.ޓީ އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ


ތުރުކީގައި ބާއްވާ އެންމެ ބޮޑު
އެއް ފެއަރ، އީސްޓް މެޑިޓްރޭނިއަން ޓޫރިޒަމް އެންޑް ޓްރެވަލް، އީ.އެމް.އައި.ޓީ.ޓީ
އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.



މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް
ކޯރަޕަރޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި
ހަރަކާތްތެރިވާ 5 ފަރާތަކުން މި ފެއަރގައި ބައިވެރިވެފައިވާ ކަމަށެވެ.



އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރ ކުރިއަށްދަނީ
ތުރުކީގެ އިސްޓަންބުލްގައެވެ.



ރާއްޖޭގެ ސްޓޭންޑުން ރާއްޖޭގެ ރީތި މަންޒަރުތައް
ދައްކައިދޭނެ ކަމަށާއި ފެއާގެ އެކި ހިސާބުތަކުގައި ވިޒިޓް މޯލްޑިވްސް އިޔަރ
ކެމްޕެއިންގެ އިސްތިހާރުތައް ފެންނަން ހުންނާނެ ކަމަށްެވެސް އެމްއެމްޕީއާރުސީން
މައުލޫމާތުދެއްވައެވެ.



މި ފެއަރ މެދުވެރިކޮށް އީސްޓް މެޑިޓެރޭނިއަން ޔޫރަޕުގެ
ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް
އެހީތެރިވެދޭނެ ކަމަށްވެސް އެމްއެމްޕީއާރުސީން ދެކެއެވެ.



ތުރުކީއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު
އިތުރުވަމުން އަންނަ ޤައުމެކެވެ. އެގޮތުން 2015 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް
10200 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއީ 2014 ވަނަ އަހަރާއި އަޅާބަލާއިރު
%17.7 އިތުރުއަދަދެކެވެ.