ޚަބަރު

އޮސްކާ އެވޯޑަށް ވޯޓް ދޭ ލިސްޓްގައި މި ފަހަރުވެސް އިންޑިއާގެ ފަންނާނުންތަކެއް


ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑް ކަމަށްވާ އޮސްކާގެ މިއަހަރުގެ އެވޯޑު ޙަފްލާއަށް ތައްޔާރުވަމުން އަންނައިރު މި ފަހަރުވެސް އެކެޑެމީން އިންޑިއާގެ ފަންނާނުންތަކަކަށް ފުރުޞަތު ދީފިއެވެ.

އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ، އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފަހަރުގެ ދި އެކެޑެމީގެ މެމްބަރުންގެ ގޮތުގައި 397 މެމްބަރުން ހިމެނޭނެ އެވެ. މީގެތެރޭގައި 71 ނޮމިނީސް އާއި 15 ވިނާސްވެސް ހިމެނެއެވެ.

މި ފަހަރު ފުރުޞަތު ލިބުނު އިންޑިއާގެ ފަންނާނުންގެ ތެރޭގައި ކާމިޔާބު ފިލްމު "މައި ނޭމް އިޒް ޚާން" ގެ ތަރި ކާޖޮލް އަދި "ޖެއި ބިމް" ގެ ތަރި ސޫރިޔާ، ހިމެނެއެވެ. ޑޮކިއުމެންޓަރީގެ ބައިން "ރައިޓިންގް ވިތް ފަޔާ" އުފައްދާފައިވާ ސުޝްމިތު ގޯޝް އާއި ރިންތޫ ތޯމަސްއަށް ވެސް ވަނީ ދަޢުވަތު ލިބިފައެވެ.

ލިޔުންތެރިކަމުގެ ބައިން "ގަލީ ބޯއި"، "މޭޑް އިން ހެވަން" އަދި "ދިލްދަޅަކްނޭ ދޯ" ވެސް ލިޔެފައިވާ ރޯމާ ކަގްތީ އަށް ފުރުޞަތު ލިބައިފާއިރު "ޑެޑް ޕޫލް"، "ދަ މާޓިން" ފަދަ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ އިންޑިއަން އެމެރިކަން ޕްރޮޑިއުސަރު އަދިތްޔާ ސޫދުވެސް މިހަފްލާގައި ބައިވެރިވުމަށް އެކަޑަމީން ވަނީ ދަޢުވަތު ދީފައެވެ. މީގެ އިތުރުން ޕީއާރް އަދި މާކެޓިންއަށް ޚާއްޞަ ސޯހިނީ ސެންގުޕްތާ އަށްވެސް ދަޢުވަތު ދީފައިވެއެވެ.

އިންޑިއާ ފަންނާނުންގެ އިތުރުން އެކަޑަމީއިން ފުރުޞަތު ލިބުނު ދުނިޔޭގެ މަޝްހޫރު ތަރިންގެ ތެރޭގައި "ދަ ކްއީން ގޭމްބިޓް" ގެ ތަރި އަންޔާ ޓެއިލާ، ޖޯއީ، ބިލީ އެއިލިޝް، ޖެމީ ޑޮނެން އަދި ޓްރޯއީ ކޮތްސޫރު ހިމެނެއެވެ.

އެކަޑަމީގެ މެމްބަރުންގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރި އިންޑިއާގެ ފަންނާނުންގެ ތެރޭގައި ޝާހްރުކް ހާން، މަދޫރީ ޑިކްސިޓް، ނަސީރުއްދީން ޝާހް، އަނިލް ކަޕޫރް، އަލީ ފަޒަލް، އަދިތިޔާ ޗޯޕްޅާ، މަދާބީ މުކަރްޖީ، އާލިއާ ބަޓް އަދި ރިތިކް ރޯޝަން ހިނެއެވެ.

އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑު ޙަފްލާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރު މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. މި ޙަފްލާ ބާއްވާނީ ލޮސް އެންޖަލިސްގައި ހުންނަ ޑޮލްބީ ތިއޭޓަރުގައެވެ.