ޚަބަރު

ޝާހިދު އާއި ހެދި ކަރިޝްމާގެ ލަވައެއް 15 ފަހަރު ރީޓޭކް ކުރަން ޖެހުނު


1998 ވަނަ އަހަރު ދެއްކި ފިލްމު "ޕްރޭމް ގައިދީ" އިން އުމުރުން އެންމެ 17 އަހަރުގައި ބޮލީވުޑަށް ތަޢާރަފްވި ކަރިޝްމާ ކަޕޫރަކީ ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް ފިލްމަކީ 1997 ވަނަ އަހަރު ދެއްކި "ދިލް ތޯ ޕާގްލް ހޭ" އެވެ. މީގައި ކަރިޝްމާއާއިއެކު ދެން ފެންނަނީ ޝާހުރުކްޚާނާއި މާދުރީ ޑިކްސިޓެވެ.

މި ފިލްމަކީ ކަރިޝްމާގެ ފިލްމީ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ފިލްމޭވެސް ބުނެވިދާނެއެވެ. މި ފިލްމަށް ކަރިޝްމާއަށް ވަނީ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ. "ދިލް ތޯ ޕާގަލް ހޭ" ގެ ލަވަތަކަކީވެސް ފިލްމާއި އެއްވަރަށް މަޝްހޫރުވި ލަވަތަކެކެވެ.

މީގެތެރެއިން "ލޭ ގައީ" އަކީ ފާހަގަކޮށްލެވެ ލަވައެކެވެ. ޝާހު އާއިއެކު ކަރިޝްމާ މިލަވަޔަށް ނަށާފައިވަނީ ގިނަ ބެކްގްރައުންޑު ނެށުންތެރިތަކަކާއިއެކުގައެވެ. މި ގްރޫޕްގައި މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުވެސް ހިމެނެއެވެ.

މިލަވަޔާއި ބެހޭގޮތުން ޝާހިދު ބުނީ އޭނާއާއި ހެދި ކަރިޝްމާއަށް މި ލަވައިގެ ރީޓޭކް 15 ފަހަރު ނަގަން ޖެހުނު ކަމަށެވެ. އަދި އެހެން ދިމާވީ އޭނާ އިސްތަށިގަނޑު ދިގުކަމުން މޫނު މައްޗަށް ވެއްޓޭތީ ރަގަޅުކުރަންވެގެން އުޅުމުގެ ތެރޭގައި އޮފްބީޓް ވެގެން ކަމަށް ޝާހިދު ބުންޏެވެ. ޝާހިދު ބޮލީވުޑަށް ތަޢާރަފްވީ "ދިލް ތޯ ޕާގަލް ހޭ" ނެރުނުތާ 6 އަހަރު ފަހުންނެވެ.

އިއްޔެ 48 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ކަރިޝްމާ އެންމެ ފަހުން ފެނުނީ 2020 ވަނަ އަހަރު ޒީފައިވް އިން ދެއްކި ސީރީޒް "މެންޓަލްހޫޑް" އިންނެވެ. ކަރިޝްމާ އޯޓީޕީ އަށް ތަޢާރަފްވީ މި ސީރީޒް އިންނެވެ. އޭނާ މިހާރު ކުރަމުން އަންނަނީ އަބީނަވް ޑިއޯގެ ސަސްޕެންސް ތްރިލާ "ބްރައުން" ގެ މަސައްކަތް މަސައްކަތެވެ. މީގައި ކަރިޝްމާ އަކީ ޑިޓެކްޓިވް އެކެވެ.

ކަރިޝްމާ އެންމެ ފަހުން ފެނުނު ފިލްމަކީ 2012 ވަނަ އަހަރު ދެއްކި "ޑޭންޖަރަސް އިޝްޤު" އެވެ.