މުނިފޫހިފިލުވުން

"އިޝްގު ވިޝްކު" ދެވަނަ ބައެއް، ޖިބްރާނާއި ރިތިކް ކޮއްކޮވެސް


ޝާހިދު ކަޕޫރަކީ ހިންދީ ސިނަމާތަކުގައި މިހާރު އެންމެ ހިނގާ ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެކެވެ. އަމްރިތާ ރާއޯގެ މާ ގިނަ ފިލްމުތަކެއް ނުފެނުނު ނަމަވެސް ކުޅުނު މަދު ފިލްމުތަކުން އަމްރިތާވެސް ވަނީ އެނާގެ އެކްޓީން ހުނަރު ހުރިކަން ނިކަން ރަނގަޅަށް ސާބިތުކޮށްދީފައެވެ.

ބޮލީވުޑްގައި މި ދެތަރިންގެ ފައިތިލަ ސާބިތުކޮށްލަން ލިބުނު ފިލްމަމީ 2003 ވަނަ އަހަރު ނުކުތް "އިޝްގެ ވިޝްކް" އެވެ. މިހާރު މިވަނީ މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމާ އެކަން އިއުލާންކޮށްފައެވެ.

2003 ވަނަ ބޮޑު ހިޓަކަށްވި "އިޝްގު ވިޝްކް" އަކީ ޝާހިދު ކަޕޫރް ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ. އެހެންނަމަވެސް އެއީ އަމްރިތާގެ ދެވަނަ ފިލްމެވެ. ކެން ގޯޝް ޑައިރެކްޓުކޮށް ރަމޭޝް ތައުރާނީގެ ޓިޕްސް އިންޑަސްޓަރީން ޕްރޮޑިއުސްކުރި "އިޝްގު ވިޝްކް" ހިންދީ ސިނަމާގައި މޮޅު ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ފިލްމެވެ.

ހިތްގައިމި އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ނެރުނު މި ފިލްމަށް ވިހި އަހަރު ފަހުން މިވަނީ ފިލްމުގެ ދެވަނަ ބައެއް މަސައްކަތް ފަށަން މި ވަނީ ތައްޔާރުވެފައެވެ. މި ފިލްމުގެ ދެވަނަ ބައިން މުޅިންވެސް ފެންނަނީ އައު މޫނުތަކެވެ.

އާ ކާސްޓުގައި ހިމެނެނީ "ޑިއަ ޒިންދަގީ" ، "ސްކައި އިޒް ޕިންކް"، "ލޫޑޯ" އަދި ނެޓްފްލިކްސް ސީރީޒް "މިސްމެޗްޑް" އިން ފެނުނު ތަރި ރޯހިތް ޝަރަފާއި ބޮލީވުޑް ތަރި ރިތިކް ރޯޝަނަށް ބޮޑުބޭބެ ކިޔާ ޕަޝްމިނާ ރޯޝަން ހިމެނެއެވެ. މިއީ މަޝްހޫރު މިއުޒިޝަން ރާޖޭޝް ރޯޝަންގެ ދަރިފުޅު ޕަޝްމިނާގެ ފުރަތަމަ ފިލްމެވެ.

މި ދެމީހުންގެ އިތުރުން "ތައްޕަޅް"، "ބަރޭލީ ކީ ބަރްފީ" އަދި "ތަމާޝާ" އިންވެސް ފެނުނު ނާއިލާ ގްރޭވާލް ވެސް މީގެ ލީޑްރޯލުން ފެންނާނެއެވެ. މީގެއިތުރުން "ކަބީ ޚުޝީ ކަބީ ގަމް" ގައި ކާޖަލް އާއި ޝާހުގެ ދަރީގެ ރޯލުން ކުޑަކުއްޖެއްގެ ގޮތުގައި ފެނުނު ޖިބްރާން އަކީވެސް މި ފިލްމުގެ ތަރިއެކެވެ.

"އިޝްގު ވިޝްގު" ގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ އިޝްގް ވިޝްކް ރިބޯންޑް" އެވެ.